ގިނަ ދުވަސްތަކަކަށްފަހު ނޫސްވެރިންގެ ޖަމިއްޔާގެ އިންތިހާބު ބާއްވަން ނިންމައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް -- ފޮޓޯ / ސަން

ގިނަ ދުވަސްތަކެއް ވަންދެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހަރަކާތްތައް އަލުން ފެށުމަށް ނިންމައިފިއެވެ.

އެމްޖޭއޭ އިން މިރޭ ނެރުނު އިިއުލާނެއްގައި ބުނެފައި ވަނީ ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތް މިނިސްޓްރީގެ އިރުޝާދާ އެކު އަލުން އެ ޖަމިއްޔާގެ މަސައްކަތްތައް ފެށުމަށް މަސްއޫލިވެރިން ނިންމާފައިވާ ކަމަށެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބު އަންނަ މަހު 13 ގެ ކުރިން ބޭއްވުމަށް ޔޫތު މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެ ޖަމިއްޔާގެ މަސައްކަތްތައް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމުން މެންބަރުންގެ ދަފްތަރުގެ ސައްހަކަން ގެއްލިފައިވާ ކަމަށާއި އެހެންކަމުން އެ ޖަމިއްޔާ އިން ވަނީ އަލަށް މެންބަރު ކަމަށް ވެސް ހުޅުވާލައިފައެވެ.

މެމްބަރަކަށް ވުމަށް ހުޅުވާލެވެއިފައިި ވަނީ މިއަދުން ފެށިގެން މިމަހުގެ، 31 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.

އެމްޖޭއޭ އިން ބުނީ ހިންގާ ގަވައިދުގެ ދަށުން ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ ފަސް ވަނަ ދުވަހު މެންދުރު 2:00 ގައި އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާގެ މަސައްކަތް އަލުން ފެށުމަށް ހުރިހާ ނޫސްވެރިން އެއްބާރުލުން ދިނުމަށް އެދިފައެވެ.

- މެންބަރޝިޕް ފޯމު އީމެއިލް ކުރުމާއި މައުލޫމާތު ހޯދުން: mjamaldives@gmail.com

- މުއައްސިސުންގެ ފަރާތުން މައުލޫމާތު ހޯއްދެވުމަށް: އަލީ ޝަމްއާން [ފައުންޑަރ]: ފޯނު ނަންބަރު: 7785669

- މެމްބަޝިޕް ފޯމާއި އެހެނިހެން ލިޔުންތައް ޑައުންލޯޑް ކުރުމަށް: https://we.tl/t-7btNRgvp8g

- މެންބަރޝިޕް ފޯމް ހަވާލު ކުރުން އަދި އިތުރު މައުލޫމާތު ދިނުން: މުހައްމަދު މުޒައްޔިން ނާޒިމް، ފޯނު ނަންބަރު: 7800753

Leave a Reply

Your email address will not be published. Required fields are marked *