ހެލްތު އޮޑިޓު ރިޕޯޓާ ގުޅިގެން ފަސް ޖެހުމެއް ނެތި ރައީސް ފިޔަވަޅު އަޅާނެ: ތަރުޖަމާން

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ބައްދަލުވުމެއްގައި ރައީސް ސޯލިހާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓާ ގުޅިގެން އެއްވެސް ފަސް ޖެހުމެއް ނެތި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމަނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓު މިއަދު ނެރެފައިވާއިރު ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮޑިޓު ރިޕޯޓު ރަސްމީކޮށް ސަރުކާރަށް ލިބުމުން ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު އެއްވެސް ފަސް ޖެހުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އޮޑިޓު ރިޕޯޓާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ހޫދު ވިދާޅުވިއިރު ޓޫރިޒަމް މިނިސްޓްރީއާ ހެލްތު މިނިސްޓްރީން ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބެލުމަށްވެސް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *