ޝިޕިންގް އަދި ފްރައިޓް ދާއިރާގެ ކަންބޮޑުވުން ތަކަށް ދާއިމީ ހައްލެއް ބޭނުން: ރާޢީ

މަކުނުދޫ ދާއިރާގެ މެންބަރު ރާއީ -- ފޮޓޯ / މަޖިލިސް

ޝިޕިންގް އަދި ފްރައިޓް ދާއިރާގެ ކަންބޮޑުވުން ތަކަށް ބޭނުން ވަނީ ދާއިމީ ހައްލެއްކަމަށް ޝިޕިންގް ދާއިރާގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައި ހުންނެވި މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި އިޢުލާނަކަށް ކަންބޮޑުވުން ފާޅުކުރަމުން ރާޢީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝިޕިންގް އަދި ފްރައިޓް ދާއިރާ ރިފޯމް ކުރަން ޖެހޭ ކަމަށާއި, އެ ދާއިރާގެ މަސައްކަތް ކުރާ ފަރާތް ތަކުގެ ކަންބޮޑު ވުން ތަކަށް ބޭނުން ވަނީ ދާއިމީ ހައްލެއް ކަމަށެވެ.އޭގެ ހިމެނޭ ވަކި ކޮންޕޯނަންޓެއް ނަގައިގެން ގެންނަ ބަދަލުން ލިބޭނެ ހައްލަށް ވުރެ ގެއްލުން ބޮޑު ރާޢީ ގެ ޓުވީޓުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި އިޢުލާން ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 52-R/2010 (16 ޖުލައި 2020) ގައި ގެޒެޓް ކުރުމާއި ގުޅިގެން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ދަންނަވާކަމުގައެވެ.

އަދި 16 އޮގަސްޓު 2020 ވަނަދުވަހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމުގައިވެސް އެއިޢުލާނުގައި ބުނެފައިވެއެވެ. އަދި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެންކަމަށާއި ޝިޕިންގ އެޖެންސީގެ ޚިދުމަތް ކަގަމުގައި ބަލާނެކަންކަން މި ގަވާއިދުގެ 06 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމަށެވެ.

"އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ޚިދުމަތެއް ދިވެހިރާއްޖޭގައި ދޭންވާނީ ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ. އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 9 ވަނަމާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާގޮތުންނާއި ނުސީދާގޮތުންވިއަސް ކޮންސައިންގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން -/500 (ފަސްސަތޭކަ) ރުފިޔާއެވެ."

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި އިޢުލާން ގައި ބުނެފައިވެއެވެ.

އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަންވާނެކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން ޝިޕިން އެޖެންޓުންނާއި ފުރައިޓް ފޯވާޑިންގ އެޖެންސީތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީކަމުގައި އެއިޢުލާނުގައި އިތުރަށް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *