ދިޔަމިގިލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ދިޔަމިގިލި ފުޓްސަލް ދަނޑު --

ތ. ދިޔަމިގިލީ ފުޓްސަލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ ދިޔަމިގިލި ޒުވާނުނާއި ކައުންސިލުން އެދުނު ގޮތަށް ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކެއްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި އަދިވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ހަމައެހެންމެ ފުޓްސަލް ދަނޑުތައް އަޅަމުންދާތީ ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެހެން ކުޅިވަރުތަކަށް ވެސް ބޭނުންވާ ފެސިލިޓީސް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ.

މި މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ ލޯން ސްޓާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *