ވީއައިއޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ

ވީއައިއޭގައި ހިނގި އަލިފާނުގެ ހާދިސާ--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެއެވެ.

މި ހާދިސާގައި ހިނގާފައި ވަނީ މިދިޔަ ހަފްތާގެ ހޯމަދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. އެ ހާދިސާގައި ފިހިފާ ވަނީ އެމްއޭސީއެލްގައި ވަޒީފާއަދާކުރަމުން ދިޔަ އެކުންފުނީގެ މުވައްޒަފެކެވެ. އެމްއޭސީއެލް އިން ވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީފައެވެ.

އެ ހާދިސާގައި އޭނާ ފިހިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދިޔައީ އައިޖީއެމްއެޗުގައެވެ.

އަލިފާންގަނޑު ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް އެއާޕޯޓުގެ ފަޔާ ފައިޓަރުން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. އެ ހާދިސާ ހިނގިގޮތް ބެލުމަށް އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ މީގެކުރިން ބުނެފައެވެ.

Leave a Reply

Your email address will not be published.