މާމިގިލިން 6 އަހަރުގެ ކުޑަކުއްޖަކު ޕޮޒިޓިވްވެއްޖެ

އދ. މާމިގިލި ---

އދ.މާމިގިލިން ކުޑަކުއްޖަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މާމިގިލިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 107 މީހަކު އިއްޔެވެސް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މި 107 މީހުންގެ ތެރޭގައި ހިމެނެނީ 73 ދިވެހިންނާއި، ބަންގްލަދޭޝްގެ 29 މީހަކާއި، އިންޑިއާގެ ތިން މީހެއްގެ އިތުރުން ފިލިޕީންސްގެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،679 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2449 މީހުންނަށެވެ. އެގޮތުން 146 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *