މިއަދުވެސް 107 މީހަކު ޕޮޒިޓިވްވެއްޖެ

ބަލި މީހަކު ލޯންޗުން ބާލުވަނީ: ފޮޓޯ / ހަތާވީސް

މިއަދު ރާއްޖެއިން ކޮވިޑް19 އަށް އިތުރު 107 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މި 107 މީހުންގެ ތެރޭގައި ހިމެނެނީ 73 ދިވެހިންނާއި، ބަންގްލަދޭޝްގެ 29 މީހަކާއި، އިންޑިއާގެ ތިން މީހެއްގެ އިތުރުން ފިލިޕީންސްގެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،679 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2449 މީހުންނަށެވެ. އެގޮތުން 146 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3208 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 22 މީހަކު މިހާތަނަށް މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *