ކުރިބީން ކޮވިޑަށް މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ކުރިނބި ---

ހދ. ކުރިނބީން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ކުރިނބީން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މާލެއިން އެރަށަށް ކަރަންޓީނަށް ދިޔަ 42 އަހަރުގެ ފިރިހެނެކެވެ. އެމީހާ ޕޮޒިޓިވްވެފައިވާ ކަން އެނގުނީ ކަރަންޓީން ނިމުމުން ކޮވިޑަށް ޓެސްޓު ކުރުމުންނެވެ.

މާލެއިން ރަށްރަށަށް ކަރަންޓީނަށް ގޮސް ތިބި ބައެއް މީހުންގެ ގައިން ކޮވިޑް19 އަންނަނީ ފެންނަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މިބަލި މިހާރު ވަނީ ފެތުރިފައެވެ.

އިއްޔެވެސް ރާއްޖެއިން 78 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން 5،500އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 3،010 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މިބަލިން 22 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *