އަމާންކަމާއި ސުލްހަ ދަމަހައްޓަން އިންޑިއާ ކުރި މަސައްކަތުން އުއްމީދު ގެނެސްދޭ: ރައީސް

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

އަމާންކަމާއި ސުލްހަ ދަމަހައްޓަން އަވަށްޓެރި އިންޑިއާއިން ކޮށްފައިވާ މަސައްކަތުން އުއްމީދު ގެނެސްދޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ އިންޑިއާގެ 74ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އިން ގެންގުޅޭ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކަކީ ހަމަޖެހުމަށާއި ކުރިއެރުމަށް ލިބޭ އުއްމީދެއް ކަމަށެވެ.

މި ޓްވީޓުގައި ރައީސް ސޯލިހު ވަނީ އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އެގައުމުގެ ރައްޔިތުންނަށް ދުވަހާ ގުޅިގެން ހެޔޮ އެދުންތައް ފޮނުވާފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ވެސް އިންޑިއާ އަށެވެ. އަދި އެގައުމުން އަންނަނީ ރާއްޖެއަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރު ކޮށްދެއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *