އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވެގެން ފޭދޫ އިން އަންހެނަކު ހައްޔަރުކޮށްފި

ސ. ފޭދޫ ---

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފުވެގެން އައްޑޫ ސިޓީ ފޭދޫ އިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވެގެން ފޭދޫ އިން ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ އަންހެނަކު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެކުރިން ކަރަންޓީނަށް ދިއުމަށް ދެކޮޅު ހަދާފައިވާ މީހުންނަށާއި އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާ ކޮށްފައި ވަނިކޮށް އެއާ ހިލާފަށް އަމަލު ކޮށްފައިވާ ފަރާތްތަކަށް ވެސް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *