ސަފާރީތަކުން ފަތުރުވެރިންނާއި ފަޅުވެރިން ރަށްރަށަށް ނުފޭބުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީތަކެއް: ފޮޓޯ / ލިވަބޯޑު އެސޯސިއޭޝަން

ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާއި ސަފާރީތަކުގެ ކްރޫރިން މީހުން ދިރިއުޅޭ ރަށްރަށަށް ނުފޭބުމަށް ބޯޓިން އެސޯސިއޭޝަނުން އިލްތިމާސް ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިން ބުނާ ގޮތުގައި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކަކަށްވެސް އަދި ރިސޯޓުތަކަކަށް ވެސް ނުފޭބޭނެއެވެ. އަދި އެ އުސޫލު ސަފާރީތަކުގެ ފަޅުވެރިންނަށް ވެސް ހިނގާނެއެވެ.

އަދި ޕީސީއާރް ޓެސްޓު ހެދުމަށް ވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ރަށްރަށް ނުފޭބޭނެއެވެ. ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ޕީސީއާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ހާއްސަ ސްޓޭޝަނެއް ވަނީ ގާއިމް ކޮށްފައެވެ.

މީހުން ދިރިއުޅޭ ރަށްތަކަށް ސަފާރީތަކުން މީހުން ނުފޭބުމަށް އިލްތިމާސްކުރިއިރު ސަފާރީތަކަށް މީހުން ދިރިއުޅޭ ރަށްތަކުން ނޭރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15ވަނަ ދުވަހު ހުޅުވާލިއިރު މިހާތަނަށް 50 ސަފާރީއެއް އޮޕަރޭޓު ކުރުމަށް ވަނީ ހުއްދަ ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *