މިއަދުވެސް 128 މީހަކު ޕޮޒިޓިވް، 83 މީހުންނަކީ ދިވެހިން

ބަލި މީހަކު އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / ހަތާވީސް

މިއަދު ވެސް ރާއްޖެއިން 128 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި ބަންގްލަދޭޝް 35 މީހަކާއި އިންޑިއާ ހަތަރު މީހަކާއި ނޭޕާލް ދެ މީހެއްގެ އިތުރުން ލަންކާ ހަތަރު މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،494 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2553 މީހުންނަށެވެ. އެގޮތުން 156 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،920 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 21 މީހަކު މިހާތަނަށް މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *