ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވާހަކައަކީ ކުޅޭ ޑްރާމާއެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ ކަމުގެ ވާހަކައަކީ ސަރުކާރުން ކުޅޭ ޑްރާމާއެއް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ [ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ] ކުޅޭ ޑްރާމާއެއް ކަމަށެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތި ކޮށްގެން އުޅެނީ ސަރުކާރު ނާގާބިލު ކަމުގެ ނާޖާއިޒު ފައިދާ ނަގައި ބައެއްގެ ދަންމަޅިތަކެއްގެ ބޮޑު ބޮޅެއް އިތުރުވާތީވެ ރައްޔިތުންގެ ފޯކަސް ގެއްލުވާލުމުގެ ނިޔަތުގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ ގައުމުގެ މިސްރާބު ނުކިއްސަރު ކަމަށެވެ. އަދި ރައްޔިތުން މިކަންކަމަށް ހޭލުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. އޭގެއިތުރުން އެ މަސައްކަތުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްވެސް މަސައްކަތް ކުރައްވާ ކަމަށްވެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާރު އިސްމާއިލް އިއްޔެ ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *