ޕާޓީގެ ލީޑަރަށްވެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ނިކުމެ ނާކާޔާބުވުމަކީ ލަދުވެތިކަމެއް: ރީކޯ

18ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި، މަޖިލީހުގެ ރިޔާސަތު މޫސަ ބަލަހައްޓަވަނީ: ފޮޓޯ / މަޖިލިސް

ޕާޓީގެ އެންމެ އިސް ލީޑަރަކަށްވެ ހުންނަވައިގެން ހަމަ އެޕާޓީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރައްވާފައިވާ ބޭފުޅާއާ ދެކޮޅަށް ނިކުންނެވުމަކީ ލަދުވެތި ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ފަށާފައިވާ ކަމަށް އަޑު ފެތުރިފައިވާ ވަގުތެއްގައެވެ.

މޫސަ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ އުސޫލުތަކާ ހިލާފުވެގެން ޕާޓީ އިން ވަކި ކުރުމަށްވުރެ ޕާޓީގެ އިސް ލީޑަރަށްވެ ހުރެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ނިކުމެ ނާކާމިޔާބު ވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އެހެންވެއްޖެނަމަ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދިނުން ބުއްދިވެރި ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސައަކީ މީގެކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ ޕާޓީން ވަކިކޮށްފައިވަނީ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި ކަމަށް ބުނެއެވެ. އަދި އޭގެފަހުން މޫސަ ގިނަ ދުވަސްތަކެއް ވަންދެން ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނަވާ ކުރިން ވެރިކަން ކުރި ޕާޓީ ޕީޕީއެމް އަށް ސޮއިކުރެއްވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމުން މޫސަ ވަނީ ސިޔާސީ ކަންކަމާ ކުޑަކޮށް ދުރަށް ޖެހިލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *