މިއަދުވެސް 143 މީހަކު ރާއްޖެއިން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ: ފޮޓޯ / ހަތާވީސް

ރާއްޖެއިން މިއަދުވެސް 143 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް އެންމެ ގިނައީ ދިވެހިން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 87 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 40 މީހުންނާއި އިންޑިއާ 10 މީހަކާއި ނޭޕާލް ތިން މީހުންނާއި ލަންކާ ދެ މީހުންނާއި މިސްރު މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު މިހާރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5،366 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 140 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. ބާކީ ތިބި ތިން މީހުން ޕޮޒިޓިވްވެފައި ވަނީ ރަށްތަކުންނެވެ.

އެޗްޕީއޭ އިން ބުނީ މި ބައްޔަށް 2،461 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. މި ބަލީގައި މިހާތަނަށް 21 މީހުން ވަނީ ރާއްޖެއިން މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *