މާލޭ ގެއަކުން އިންޑިއާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ ސިޓީގެ އޭރިއަލް ފޮޓޯއެއް --

މާލޭގެ ގެއަކުން އިންޑިއާ އަށް ނިސްބަތްވާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު މެންދުރު 1:00 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައިވާ އިންޑިއާ މީހަކީ ފިރިހެނެއް ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ.

މިފަހަކަށް އައިސް މާލޭގެ ގެތަކުގައި ބިދޭސީން މަރުވެފައި އޮއްވާ އަންނަނީ ފެންނަމުންނެވެ. ކޮވިޑް19 ފެތުރިފައިވާއިރު ގިނަ އަދަދެއްގެ ބިދޭސީންނަށް ވެސް މިބަލި އަންނަނީ ޖެހެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *