މަޑުއްވަރީގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި

މަޑުއްވަރީ އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ / ޕޮލިސް

ރ.މަޑުއްވަރީގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފިއެވެ.

އިއްޔެ ހަވީރު 5:16 ހާއިރު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނަކަށެވެ.

އޭނާ އަށް ހަމަލާދިނުމުގެ ސަބަބުން ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި އޭނާ އަށް މަޑުއްވަރީ ހެލްތު ސެންޓަރުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.