ޔޫތު މިނިސްޓްރީގެ މުވައްޒަފު ޕޮޒިޓިވްވެ މިނިސްޓްރީ ބަންދުކޮށްފި

ދައުލަތުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: ފޮޓޯ / ސަން

ކޮވިޑް19 އަށް ޔޫތު މިނިސްޓްރީގެ މުވައްޒަފު ޕޮޒިޓިވްވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ މުވައްޒަފު ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެއެވެ. އެކަން އެނގުމާއި އެކު މިނިސްޓްރީ ޑިސްއިންފެކްޓު ކުރުމަށް މިހާރު އެ މިނިސްޓްރީ ވަނީ ބަންދުކޮށްފައެވެ.

މީގެކުރިންވެސް ޔޫތު މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ ސޯޝަލް ސެންޓަރުގައި މަސައްކަތް ކުރާ އެ މިނިސްޓްރީގެ ފަސް މުވައްޒަފެކެވެ. އޭގެތެރޭގައި ދޭސީންނާއި ބިދޭސީންވެސް ހިމެނެއެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 5،000 ހުރަސްކޮށްފިއެވެ. އެގޮތުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 5،223އެވެ. މި ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 2،354އެވެ. މިބަލީގައި މިއަދު މަރުވި މީހާއާ އެކު ޖުމްލަ 20 މީހެއް ވަނީ ބަލީގައި މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *