ސްވިމިންގް ޓްރެކް ސަރަޙައްދު ވަގުތީ ގޮތުން ބަންދުކުރަނީ

ސްވިމިންގް ޓްރެކް ސަރަހައްދު ތަރައްގީ ކުރަނީ/ ފޮޓޯ؛ ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވެސް

މާލޭ އިރުދެކެނުފަރާތު ސްވިމިންގް ޓްރެކް ސަރަޙައްދު ތަރައްގީކުރުމަށް އެ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސްވިމިންގް ޓްރެކް ސަރަޙައްދު ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެތެރެއިން މިއަދުންފެށިގެން އެސަރަހައްދުގައި އެކްސްކަވޭޓަރާ ކެރޭނު ފަދަ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން މޫދު ކޮނުމުގެ މަސައްކަތާއި، މޫދުގައިހުރި ބޮޑުހިލަނަގައި ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށެވެ.

އެގޮތުން މިމަސައްކަތް ކުރިޔަށްދާއިރު އެސަރަހައްދަށް މޫދަށްއެރި އުޅުމާ އެހެނިހެން ކަންކަމަށް ބޭނުންކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ މިއަދުން ފެށިގެން ޓްރެކް ސަރަޙައްދަށް، މޫދަށް އެރިއުޅުމާ އެހެނިހެން ގޮތްގޮތުން ބޭނުންކުރުން މަނާކުރެވިފައިވާކަމަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.

ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، މިއެންގުމާ ހިލާފަށް އެސަރަހައްދަށް މޫދަށްއެރި އެހެނިހެން ކަންކަމުގައި އެސަރަހައްދު ބޭނުންކުރުމުގެ ތެރޭގައި ލިބޭ ގެއްލުމަށް އެ އެސޯސިއޭޝަނުންނާއި މަސައްކަތްތުގެ ކޮންޓްރެކްޓާ ކަމުގައިވާ މާޒިޔާ ކޮންސްޓްރަކްޝަނުން ޒިންމާނުނަގާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.