ކޮވިޑް މަރު 21އަށް އަރައިފި

ރެންޑަމް ސާމްޕަލް މާލޭގައި ނަގާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް: ފޮޓޯ / ހަތާވީސް

ކޮވިޑް19 ޖެހިގެން ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު މި ބަލީގައި މަރުވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 21ވަނަ މީހާއެވެ. އިއްޔެވެސް ރާއްޖެއިން ވަނީ މީހަކު މިބަލީގައި މަރުވެފައެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 5،000 ހުރަސްކޮށްފިއެވެ. އެގޮތުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 5،223އެވެ. މި ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 2،354އެވެ. މިބަލީގައި މިއަދު މަރުވި މީހާއާ އެކު ޖުމްލަ 20 މީހެއް ވަނީ ބަލީގައި މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *