އިތުރު ތިން މީހުންނާއެކު ހޮސްޕިޓަލުގައި އެޑްމިޓުކުރި މީހުންގެ އަދަދު 148އަށް

ފުނަދޫގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީ؛ ފޮޓޯ ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު ތިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 148އަށް އަރާފައިވާ ކަމަށެވެ.

ރޭ އެޗްޕީއޭ އިން ތަފާސް ހިސާބުތައް އާއްމުކުރިއިރު ވެސް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އުޅެނީ 145ގައެވެ. އެހެންކަމުން މިރޭ މިވަނީ އިތުރު ތިން މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާދޭ ފަށާފައެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް ދަށަށް ވެއްޓިފައެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 66 މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 55 ދިވެހިންނާއި ބަންގްލަދޭޝް 12 މީހަކާއި އިންޑިއާ ދެ މީހުންނެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 5،000 ހުރަސްކޮށްފިއެވެ. އެގޮތުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 5،223އެވެ. މި ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 2،354އެވެ. މިބަލީގައި މިއަދު މަރުވި މީހާއާ އެކު ޖުމްލަ 20 މީހެއް ވަނީ ބަލީގައި މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *