ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފި

ކެބިނެޓު ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދ މިހާރުގެ ހާލަތަށް ބަލާ އެ ބަޔާންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެއުމަށް މެންބަރުން ހިޔާލު ފާޅު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ކޮވިޑް19 ގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ވާހަކަފުޅު ދައްކަވައި، މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *