ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 ޖެހިގެން އިތުރު ދިވެއްސަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 12:12 ހާއިރު ނިޔާވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާ ދެމުުންދަނިކޮށެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 20 ވަނަ ފަރާތެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 5،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު މީގެތެރެއިން 2303 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި 145 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *