ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ރޯވި ދޯނީގެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ: ފޮޓޯ / އެމްއެންޑީއެފް

ލ. ގަމުން ތުނޑިއާ ދިމާލުން ދޯންޏެއްގައި ރޯވެ ބަންޑުން ޖަހާލައި، އޭގެން ދަތުރު ކުރި މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލުނު ބިދޭސީ މީހާ ޑައިވަރުންނަށް ފެނިގެން ނަގައިގެން ލ.ގަން ހޮސްޕިޓަލަށް މިހާރު ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ 48 މީޓަރު އަޑީގައި އޮއްވައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެއް ކަމަށާއި އެ ދޯނީގައި ޖުމްލަ 10 މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ އެޕޯލޯ ކުންފުނީގެ މުދާ އުފުލާ ބޯޓެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *