އޭސީސީގެ ތަހުގީގުތަކުގެ މައުލޫމާތު ޕީޖީއަށް ދިނުމަށް ދެކޮޅު ހަދަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ ---

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން ގެންދާ ތަހުގީގުތަކުގެ މައުލޫމާތު ޕްރޮސިކިއުޓަރު ޖެނެރަލް އަށް ފޯރު ކޮށްދިނުމަށް ދެކޮޅު ހަދާ މައްސަލާގައި ޕީޖީ ހުސައިން ޝަމީމް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ސިޓީގައިވާ މައުލޫމާތުތަކެއް ނޭނގެއެވެ. އަދި އެ ސިޓީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުން ވެސް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ. ނަމަވެސް އެ ސިޓީ ކޮމެޓީއަށް ލިބިފައިވާކަން ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ކޮމެޓީގައި ވިދާޅުވެފައެވެ.

ރޮޒައިނާ ވިދާޅުވީ އެ ސިޓީއަކީ އޭސީސީއިން ކުރަމުންދާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު ފޮނުއްވައި ދެއްވުމަށް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެ ޕީޖީ އޮފީހުން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ.

އޭސީސީއާ ގުޅިގެން މަޖިލީހަށް ޕީޖީ ސިޓީއެއް ފޮނުވާފައިވާއިރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ ބޮޑެތި މައްސަލަތައް ނުނިންމާތީ ދާދިފަހުން ބޭއްވި ކޮމެޓީ ބައްދަލުވުމެއްގައި ރޮޒައިނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *