އެންއައިސީގެ ރައީސް ސުލައިމާން ވަކިކޮށްފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ސުލައިމާން: ފޮޓޯ / ސަން

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކިކޮށްފިއެވެ.

ސުލައިމާން ވަކި ކޮށްފައިވާކަން އަންގާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންއައިސީ އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ސުލައިމާން ވަކިކުރަން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭނާ މަގާމުން ވަކި ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ ދެއްވާފައި ވާތީ ކަމަށެވެ.

ސުލައިމާން މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ ދެއްވުމަށް މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.

ސުލައިމާން މަގާމުން ވަކި ކުރުމަށް ރައީސް އަށް ލަފާ އަރުވަން ފާސްކޮށްފައި ވަނީ ސުލައިމާން ވެސް ހިމެނިވަޑައިގަންނަވާހެން އެ ކޮމިޝަނުގެ ހަތަރު މެންބަރަކު މަގާމުން ވަކި ކުރުމަށް ރައީސް ސޯލިހަށް ލަފާ އަރުވަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާފައި ވަނިކޮށެވެ.

އެގޮތަށް ނިންމާފައި ވަނިކޮށް އެ ކޮމިޝަނުގެ ތިން މެންބަރަކު މަގާމުން އިސްތިއުފާ ދެއްވިއެވެ. އެއީ ނާއިބު ރައީސް ހައްސާން ހަމީދާއި އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ.

Leave a Reply

Your email address will not be published. Required fields are marked *