ވެކްސިން ދިނުމާ ދެކޮޅު މީހުންނަށް ދައުވާ ކުރަން ފަށަނީ

ޕީޖީ ޝަމީމް/ ފޮޓޯ: ރައީސް އޮފީސް

ވެކްސިން ދިނުމާ ދެކޮޅު ހަދާ މީހުންނަށް އަންނަ މަހުން ފެށިގެން ދައުވާ ކުރަން ފަށާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިން ދޭން ދެކޮޅު މީހުންނަށް ކުރިއަށް އޮތް 22 ދުވަހުގެތެރޭ ދައުވާ ކުރަން ފަށާނެ ކަމަށެވެ.

ޕީޖީ މިހެން ވިދާޅުވިއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުގައި ވަނީ ކުޑަކުދިން ބަލިތަކުން ސަލާމަތްވާން ޖަހަންޖެހޭ ވެކްސިކް އެކުދިންނަށް ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އަދި ވެކްސިން ޖެހުމަށް ކުއްޖާގެ މައިންބަފައިން އުޒުވެރިވުމަކީ މައިންބަފައިންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށާއި ދަރިމައިވުމުން ކުރަން ޖެހޭ ފަރުވާގެ އިތުރުން މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށާއި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއަކީ ކުއްޖާއަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ބައެއް މައްސަލަތައް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *