އައްޑޫ ހިތަދޫގެ މޮނީޓަރިންގެ ހާލަތު އުވާލައިފި

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީ ހިތަދޫގައި އިއުލާންކުރި މޮނީޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އުވާލައިފިއެވެ.

އެޗްޕީއޭ އިން ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހިތަދޫ ހޯމް ކަރަންޓީނަށްލާފައި ވަނީ ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެކަމާއި ގުޅިގެން ހިތަދޫގެ ސްކޫލުތަކުގެ ކިޔެވުން ވެސް މާދަމާގެ ނިޔަލަށް ވަނީ ބަންދުކޮށްފައެވެ. ރޭވެސް ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެހި އަންހެނަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެއިތުރުން އައްޑޫ ސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެހި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *