ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސަ ކުރައްވައިފި

ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސަ ކުރައްވަނީ ---

އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ ލަންކާގެ ކުރީގެ ރައީސް، އަދި މިހާރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ކުރައްވައިފިއެވެ.

ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސަ ކުރައްވާފައި ވަނީ ކޮއްކޯފުޅު އަދި ލަންކާގެ ރައީސް ގޮޓަބަޔާގެ ކުރިފުޅުމަތީގައެވެ.

ލަންކާގެ ރައީސްކަމުގެ މަގާމު 2005 އިން 2015 އަށް ކުރެއްވި ރާޖަޕަކްސް ބޮޑުވަޒީރުކަމަށް ވަޑައިގެންފައި މިވަނީ މިދިޔަ ބުދަ ދުވަހު ލަންކާގައި ބޭއްވި އާއްމު އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ އަށް ބޮޑު އަގަލަބިއްޔަތެއް ލިބުމާ އެކުގައެވެ.

ސްރީ ލަންކާ ޕޮޑުޖުނާ ޕެރަމުނާ (އެސްއެލްޕީޕީ) ވަނީ އާއްމު އިންތިޚާބުގައި 145 ގޮނޑި ހޯދައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އިންތިހާބުގައި އެސްއެލްޕީޕީ އަށް ތާއީދު ކުރާ އިތުރު ފަސް މެންބަރުންނާ އެކު އެސްއެލްޕީޕީ ވަނީ 225 މެންބަރުންނާއި އެކު ޕާލިމަންޓުގެ ސުޕަ މެޖޯރިޓީ ނަގާފައެވެ.

ދެހާސް ހަތަރުވަނަ އަހަރު ވެސް ރާޖަޕަކްސަ ވަނީ ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭގެފަހުން 2018ވަނަ އަހަރުވެސް އަދި 2019ވަނަ އަހަރުވެސް ރާޖަޕަކްސަ ވަނީ ލަންކާގެ ބޮޑުވަޒީރުކަން ދުވަސްކޮޅަކަށް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *