މަޖިލީހަށް ވަޑައިގެން މަޝްވަރާ ދިނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާ ދިނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ދާދިދަހުން އިޖުތިމާއީ ކޮމެޓީއަށް ކުރީގެ ޑޮކްޓަރުންނާއި އަދި ސިއްހީ ތަޖުރިބާކާރުން ވަޑައިގެން މި ސަރުކާރު އައިފަހުން ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ބޮއްސުންލައި ފަހަތަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކީ އަބަދު ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ނޫން ކަމަށެވެ. އެކި ހިޔާލުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިޖުތިމާއީ ކޮމެޓީގައި ވާހަކަދައްކަވަމުން ޑރ. އިސްހާގު ޝަފީގު ސިއްހީ ދާއިރާގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި، ސިއްހީ ދާއިރާ އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ފަހަތަށް ކަމަށެވެ.

"އާ ސަރުކާރެއް އައުމާއި އެކު މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިން. ނަމަވެސް ފެންނަނީ އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ދާތަން. އަޅުުގަނޑުމެންގެ މައިގަނޑު މަގްސަދަކީ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެން ވެސް ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން." އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *