މަހިބަދޫ އިން މާލެ ގެނައި މީހަކަށް ކޮވިޑް ޖެހިއްޖެ

އދ. މަހިބަދޫ ----

އދ. މަހިބަދޫން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މަހިބަދޫ އިން ޕޮޒިޓިވް ވެފައިވަނީ އިއްޔެ މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ އުމުރުން 80 އަހަރަށްވުރެ މަތީގެ މީހެކެވެ.

އެމީހާ ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށްވާއިރު މިއީ މަހިބަދޫން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. މީގެކުރިންވެސް މަހިބަދޫ އިން މާލެ ގެންދިޔަ ބަލި މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4898 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2088އަށް އަރާފައިވާއިރު، މިއަދު ބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. އެއާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 2791 އެވެ.

Leave a Reply

Your email address will not be published. Required fields are marked *