މާސްކު ނާޅައިގެން ކުރި ޖޫރިމަނާ އިން ދައުލަތަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ

ބޮޑުތަކުރުފާނު މަގުގައި މާސްކު ތިރިކޮށްގެން މީހަކު ކަސްރަތު ކުރުމަށް ދުވަނީ -- ކަސްރަތު ކުރާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން: ފޮޓޯ / ޕީއެސްއެމް ނިއުސް

އާއްމު ތަންތަނުގައި އުޅޭއިރު މާސްކު ނާޅާ އުޅޭ ފަރާތްތައް ޖޫރިމަނާ ކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ދެލައްކައަށް ވުރެ ގިނަ ރުފިޔާއަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން ބުނީ މިހާތަނަށް މާސްކު ނާޅައިގެން 278 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިންނެވެ. އެގޮތުން މުޅި ޖުމްލަ މާސްކު ނާޅައިގެން ދައުލަތަށް 278،000 ރުފިޔާ ލިބެންޖެހެއެވެ.

މިހާތަނަށް މާސްކު ނާޅައިގެން 1،356 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ވެސް އެޗްއީއޯސީ އިން ބުންޏެވެ.

މާސްކު އެޅުން މަޖުބޫރު ކޮށްފައިވީ ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *