އައްޑޫ އިން ކޮވިޑަށް މީހަކު ޕޮޒިޓިވްވެއްޖެ

އައްޑުސިޓި ހަންކެޑެ ބްރިޖް ސަރަހައްދު/ ފޮޓޯ- ހޮޓެލިއާ މޯލްޑިވްސް

އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ ބުނީ އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މީހާ ދަތުރުކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމަށްފަހު ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ ރާއްޖެއިން މިބަލި ފެނުނު ފަހުން އައްޑޫ ސިޓީ އިން މިބަލި ފެނުނު ފުރަތަމަ ފަހަރެވެ.

ރާއްޖެއިން މިއަދުވެސް ކޮވިޑް19 އަށް 129 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ  މިއަދު  ޕޮޒިޓިވްވި މީހުންގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ނޭޕާލް މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4898 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2088އަށް އަރާފައިވާއިރު، މިއަދު ބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. އެއާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 2791 އެވެ.

Leave a Reply

Your email address will not be published. Required fields are marked *