ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 144އަށް

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން  ކޮވިޑް19  ޖެހިގެން  ފަރުވާ  ދެމުން  އަންނަ  މީހުންގެ  އަދަދު  140އިން  މައްޗަށް  އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަލި  ޖެހިގެން 144 މީހަކަށް ހޮސްޕިޓަލުގައި  ފަރުވާ  ދެމުން  އަންނަ ކަމަށެވެ.

މިއަދުވެސް 129 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވްވެފައެވެ. ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު  ޕޮޒިޓިވްވި މީހުންގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި އެންމެ މީހެއް ފިޔަވާ ދެން ތިބި އެންމެން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4898 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2088އަށް އަރާފައިވާއިރު، މިއަދު ބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. އެއާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 2791 އެވެ.

Leave a Reply

Your email address will not be published. Required fields are marked *