ރިލްވާން މައްސަލައިގެ ތަހުގީގުގައި ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމުގެ މަސައްކަތް ކުރަނީ

އަހުމަދު ރިލްވާން ---

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ޓީމުގައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް ވަނީ 6 އަހަރުވެފައިވާއިރު އެކަމާއި ގުޅިގެން ރައީސް މިއަދު ޓްވީޓާގައި އާއްމު ކުރެއްވި ނޯޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ.

އަދި ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ރިލްވާންގެ އާއިލާއިން އެދުނު ގޮތަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ބޭރުގެ އިންވެސްޓިގޭޓަރެއް ބައިވެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ޔާމީން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށް ރިލްވާންގެ އާއިލާ އިން މިއަދު ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *