އިގްތިސޯދީ ގޮތުން ދަތި މި ދުވަސްވަރުވެސް ތަރައްގީގެ މަޝްރޫއުތައް ދަނީ ހިނގަމުން: މަހްލޫފު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު -- އާއްމު މަސްލަހަތު ގެއްލޭ ހަރަކާތްތަކަށް ހިތްވަރު ނުދިނުމަށް ޖަމިއްޔާތަކަށް ޔޫތު މިނިސްޓްރީން ވަނީ ގޮވާލާފައި: ފޮޓޯ /ސަން

އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ މި ދަތި ދުވަސް ވަރުފައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް އަންނަނީ ހިނގަމުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފު މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ އަސަރު ދުނިޔެއަށް ކުރިމަތިވެ، އިގްތިސާދީ މި ތަދު ވަގުތުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެކި ދާއިރާތަކުން ހިންގަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް 32 ރަށެއްގެ ބަނދަރާއި 24 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އެ އަދަދުތަކުން އެކަނިވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫންކަން ސާފުވެގެން ދާނެ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ކުރިޔަށް އޮތް ހައެއް ނުވަތަ އަށެއްކަ މަހަކީ ރާއްޖެއަށް ދަތި މަސްތަކަކަށް ވެގެން ދާނެ ކަމަށެވެ. ކުރިން ތިބި ހާލަތަށް ދިއުމަށް އަހަރެއް ދޮޅު އަހަރެއް ނަގާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 2019ގައި ތިބި ހިސާބަށް ދެވޭނީ 2022ގެ ނިޔަލަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ކޮވިޑް ނެތް އިރު ޖީޑީޕީ 7.5 ޕަސެންޓް ކުރި އަރާނެ ކަމަށް ބެލީ. މިހާރު އަންދާޒާ ކުރަނީ 11 އަށް ދާނެ ކަމަށް އެއީ ވަރަށް ބޮޑު ދަށްވުމެއް،" ޖީޑީޕީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 އަކީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން ކަމަށާއި ރާއްޖޭގެ އިގްތިސޯޯދަށް ވަންނަ ފައިސާގެ ބޮޑުބައި ވައްދަނީ ޓޫރިޒަމުން ކަމަށްވެފައި ކޮވިޑާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި، އެ ބޯޑަރުތަކުން ފުރައިގެން ފަތުރުވެރިން ނާންނާތީ ރާއްޖޭގެ އިގްތިސޯދު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *