މާލެ ފަޅުތެރޭ އޮތް ލޯންޗެއް ދިޔަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

މާލެ ފަޅުތެރޭ އޮތް ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދިނުން/ ފޮޓޯ: އެމްއެންޑީއެފް

މާލެ އުތުރު ފަރާތު ފަޅުތެރޭގައި އޮތް ލޯންޗެއް ދިޔަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ، މާލެސިޓީ އުތުރު ފަރާތު ފަޅުތެރޭގައި އޮތް "ހޯކް އޯކިޑް" ނަމަކަށް ކިޔާ ލޯންޗެއް ދިޔާވާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ ދަންވަރު 02:25 ހާއިރު ކަމަށް ބުނެއެވެ. މި މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ އޭރިއާ ކޯސްޓް ގާޑްގެ ސްކުއަޑް ރަންގެ ޑައިވަރުން ޕަންޕު ބޭނުންކޮށް، ދިޔަވުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ލޯންޗުގައި 3 ދިވެހިން ތިބި ކަމަށެވެ. އަދި އެވަގުތު ލޯންޗުގައި ތިބި މީހުން ތިބީ ނިދިފައިކަމަށާއި، އެމީހުންނަށް ހޭލެވުނީ ލޯންޗު ދިޔަވާން ފެށިފަހުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ދިޔަވުން ކޮންޓްރޯލް ކޮށްފައިވަނީ ރޭ ފަތިހު 4:15 ހާއިރުކަމަށާއި، ލޯންޗް މިހާރު ދަތުރު ކުރަމުންދަނީ ތިލަފުއްޓަށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.