އެއާ އިންޑިއާ ފްލައިޓު އެކްސިޑެންޓު: މަރުވި މީހުންގެ އަދަދު 17އަށް

ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓު: ފޮޓޯ / އޭއެންއައި

ދުބާއީން ފުރައިގެން އިންޑިއާގެ ކޮޒިކޮޑާ އަށް ރޭ ދަތުރު ކުރި ފްލައިޓް ރަންވޭގައި ޖެއްސި ވަގުތު ކަހާލައިގެން ގޮސް ހިނގި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 17އަށް އަރައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބޯޓުގެ ޕައިލެޓުން ވެސް ހިމެނޭހެން އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 17އަށް އަރާފައެވެ.

އެއާ އިންޑިޔާގެ މަތިންދާބޯޓު ޖައްސަން މަސައްކަތްކޮށްފައިވަނީ އިންޑިޔާގެ ކެރަލާގެ ކަލިކަތު ބައިނަލްއަގުވާމީ ވައިގެ ބަނދަރަށެވެ. 191 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވާދީއަކަށް ވެއްޓި ދެ ފަޅިއަށްވަނީ ބިންދައިގެން ގޮސްފައެވެ. އެ މަތިންދާބޯޓުން ދަތުރުކޮށްފައިވަނީ 184 ފަސިންޖަރުންނާއި 7 ފަޅުވެރިންނެވެ. އޭގެ ތެރޭގައި ފަސިންޖަރުންގެ ގޮތުގައި ދަތުރުކުރި 10 ކުޑަކުދިންވެސް ހިމެނެއެވެ.

އެއާ އިންޑިޔާގެ މަތިންދާބޯޓު ކެރަލާއަށް ދަތުރުކޮށްފައި ވަނީ ޔުއޭއީގެ ދުބާއީންނެވެ. އެ މަތިންދާބޯޓަކީ ކޮވިޑް19ގެ ސަބަބުން ބޭރު ގައުމުތަކުގައި ތާށިވެފައިތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ބޭނުންކުރި އެއާ އިންޑިޔާގެ ބޮއިންގު 737 މަރުކައިގެ އުޅަނދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *