އެއާ އިންޑިއާގެ ފްލައިޓު އެކްސިޑެންޓާއި ގުޅިގެން ރައީސްގެ ތައުޒިޔާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ދުބާއީން ފުރައިގެން، އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކާލިކަޓުގެ އެއާޕޯޓަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައި، ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ހިނގި މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާއަށް ތަޢުޒިޔާ އަރިސްކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއާ އިންޑިޔާގެ މަތިންދާބޯޓު ޖައްސަން މަސައްކަތްކޮށްފައިވަނީ އިންޑިޔާގެ ކެރަލާގެ ކަލިކަތު ބައިނަލްއަގުވާމީ ވައިގެ ބަނދަރަށެވެ. 191 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވާދީއަކަށް ވެއްޓި ދެ ފަޅިއަށްވަނީ ބިންދައިގެން ގޮސްފައެވެ. އެ މަތިންދާބޯޓުން ދަތުރުކޮށްފައިވަނީ 184 ފަސިންޖަރުންނާއި 7 ފަޅުވެރިންނެވެ. އޭގެ ތެރޭގައި ފަސިންޖަރުންގެ ގޮތުގައި ދަތުރުކުރި 10 ކުޑަކުދިންވެސް ހިމެނެއެވެ.

އެއާ އިންޑިޔާގެ މަތިންދާބޯޓު ކެރަލާއަށް ދަތުރުކޮށްފައި ވަނީ ޔުއޭއީގެ ދުބާއީންނެވެ. އެ މަތިންދާބޯޓަކީ ކޮވިޑް19ގެ ސަބަބުން ބޭރު ގައުމުތަކުގައި ތާށިވެފައިތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ބޭނުންކުރި އެއާ އިންޑިޔާގެ ބޮއިންގު 737 މަރުކައިގެ އުޅަނދެކެވެ.

Leave a Reply

Your email address will not be published.