ހައްގުތައް ނަގަހައްޓަން ޖެހޭނީ ވެރިންގެ ހެޔޮ ކަމަކުންނެއް ނޫން، ހެޔޮ އެދިގެން: އޭޖީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ ރިފްއަތު ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

އްގުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އޭރަކު ތިއްބަވާ ވެރިންގެ ހެޔޮކަމުން ކުރާ ކަމަކަށް ވުރެން ހެޔޮއެދިގެން ކުރަން ޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އަށް 12 އަހަރު ފުރިފައިވާއިރު އޭޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމަށާއި ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމުކުރާ ބާރުގެ ހެޔޮކަމުން ކުރާ ކަމަކަށްވުރެ، ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އޭރު އަމަލުކުރަމުން ދިޔަ ނޫ ގާނޫނުއަސާސީ އިސްލާހުކޮށް ނުވަތަ އެ ގާނޫނުއަސާސީ އެއްކައިރި ކުރުމަށްފަހު މުޅިން އައު ގާނޫނުއަސާސީއަށް އެކުލަވާލަން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޖެހިވަޑައިގަތީ އެމަނިކުފާނަށް އެތަކެއް ގޮތް ގޮތުން ގޮންޖެހުންތަކާއި ކުރިމަވެގެންނެވެ. އެންމެ ފަހުން އެމަނިކުފާނު “ސިޔާސީ އިސްލާހީ އެޖެންޑާ” އެއް އިއުލާން ކުރެއްވިއެވެ. އެ އިސްލާހީ ބަދަލުގެ ތެރޭގައި ގާނޫނުއަސާސީ ވެސް ވެގެން ދިޔައެވެ.

އެ އެޖެންޑާގެ ދަށުން އޭރު އަމަލުކުރަމުން ދިޔަ ގާނޫނުއަސާސީގެ 94ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހާއްސަ މަޖިލިސް 2004 ވަަނަ އަހަރުގެ 19 ޖުލައިިގައި އެއްކުރައްވައި އާ ގާނޫނު އަސާސީއެއް ވުޖޫދުކުރުމުގެ މަސައްކަތް ފެށިއެވެ. މަސައްކަތް ނިންމާލެއްވީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވީދުވަހުއެވެ. މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެއްވީ 2008ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *