އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 129އަަށް

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އަދިވެސް ދަނީ މައްޗަށް އަރަމުންނެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މިހާރު ވަނީ 129 އަށް އަރާފައެވެ.

މިއަދުވެސް ރާއްޖެއިން 89 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހަކާއި، އިންޑިއާގެ ހަ މީހެއްގެ އިތުރުން ސްރީލަންކާ ދެ މީހަކާއި އިނގިރޭސިިވިލާތުގެ ދެ މީހަކާއި އެމެރިކާ އަދި މިސްރުގެ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4،769 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1996 މީހުންނަށެވެ.  އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،754 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 19 މީހަކު މިހާތަނަށް މަރުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *