މަސްތުވާތަކެއްޗާއެކު ކާށިދޫ އިން ފުލުހަކު ހައްޔަރުކޮށްފި

ކ. ކާށިދޫ --

މަސްތުވާތަކެއްޗާއެކު ކ.ކާށިދޫ އިން ފުލުހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން މިއަދުގެ ވަގުތެއްގައި ކާށިދޫ އިން މީހަކު ހައްޔަރުކޮށް އޭނާގެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ފުލުހެއް ކަމަށްވާއިރު، އޭނާ އަކީ ޗުއްޓީ އަށް ކާށިދޫ އަށް އައިސް ހުރި އެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޔޫރިން ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 10 ދުވަސް ދީފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *