ސިއްހީ ކުއްލި ނުރައްކާ އަންނަ މަހުގެ 6އަށް ދަންމައިފި

ކޮވިޑް19 މާލޭގައި ފެތުރެން ފެށުމުން، ބައެއް މީހުން ރައްކާތެރިކަމުގެ ގޮތުން މާކްސް އަޅައިގެން-- ފޮޓޯ/ ސަން

ކޮވިޑް19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 6ގެ ނިޔަލަށް ދަންމައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެންމެވުމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ނެރުއްވި ގަރާރުގައި ބުނެފައި ވަނީ އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ އަޅަންޖެހޭ ފިޔަވަާޅުތައް އަޅަމުންގެންދިއުމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް އަންނާ ކަމަށެވެ.

މިހާރުގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް:

  • ރޭގަނޑު 10 އިން 5އަށް ކާފިއު
  • ފަސް މީހުންނަށް ވުރެ ގިނަ މީހުން އެކުގައި އުޅުން މަނާ
  • ޒަރޫރީ ބޭނުމެއްގައި ފިޔަވައި މާލެއިން ފުރުން މަނާ
  • ރަށްރަށުގައި ވެސް މާސްކު އެޅުމަށް އަންގާފައިވޭ
  • ރޭގަނޑު 9:30ގެ ފަހުން ރެސްޓޯރަންޓުތައް ބަންދު، ޓޭކްއަވޭ ވެސް ނުދެވޭނެ

Leave a Reply

Your email address will not be published. Required fields are marked *