މިއަދުވެސް 89 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލެ ތެރޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިން ކުރިޔަށް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ހަތާވީސް

ރާއްޖެއިން މިއަދު 89 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތި ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހަކާއި، އިންޑިއާގެ ހަ މީހެއްގެ އިތުރުން ސްރީލަންކާ ދެ މީހަކާއި އިނގިރޭސިިވިލާތުގެ ދެ މީހަކާއި އެމެރިކާ އަދި މިސްރުގެ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4،769 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1996 މީހުންނަށެވެ. އެގޮތުން 129 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،754 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 19 މީހަކު މިހާތަނަށް މަރުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *