"މި ގާނޫނުއަސާސީ ތަންފީޒު ކުރުމަށް ރިޔާސީ ނިޒާމެއްގައި އަޅުގަނޑަށް ލިބުނީމަ، ދިމާވި ހުރިހާ ދައްޗެއް ދިމާވި"

2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވަނ ---

ފެހި ގާނޫނުއަސާސީގެ ދަށުން ރިޔާސީ ނިޒާމެއް ތަންފީޒު ކުރަން ޖެހިވަޑައިގަތުމުން ދިމާވި ހުރިހާ ދައްޗެއް ދައްޗެއް ވެރިކަމުގައި ދިމާވި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަށް ދަތިވީ މިހާރުގެ ގާނޫނުއަސާސީއަކީ ތަބީއީ ގޮތުން ބަރުލަމާނީ ސިފަތަކަކަށް ފައްކާވެފައި އޮތް ގާނޫނުއަސާސީއަކަށް ވުމުން ކަމަށެވެ. މިހާރު ގާނޫނުއަސާސީ ވަރަށް ބޮޑަށް ބިނާވެފައި އޮތީ ބަރުލަމާނީ ނިޒާމަކަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2007ވަނަ އަހަރު ރާއްޖޭގައި ވެރިކަން ކުރަން ބޭނުންވަނީ ކޮން ނިޒާމަކަށްތޯ ނެގި ވޯޓުގައިވެސް  އެމްޑީޕީން ބަލައިގެންފައި ވާނީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ގާނޫނުއަސާސީ ތަންފީޒު ކުރުމަށް ރިޔާސީ ނިޒާމެއްގައި އަޅުގަނޑަށް ލިބުނީމަ، ދިމާވި ހުރިހާ ދައްޗެއް ދިމާވި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އާ ގާނޫނު އަސާސީ އަކީ މައުމޫންއާ އިދިކޮޅަށް ލިޔެވުނު ލިޔުމެއް ކަމަށާއި އެއީ އޭގެ "ރިއެކްޝަނެއް" ކަމަށެވެ. އަދި އާ ގާނޫނު އަސާސީ އަކީ މައުމޫންގެ ހުދުމުހުތާރު ވެރިކަމަށް، އަނިޔާވެރި ކަމަށް އައި ރިއެކްޝަނެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އާ ގާނޫނު އަސާސީ ނިންމުމަށް ނިކުތީ ޖާނާއި މާލުން އެކަމަށް މަސައްކަތް ނުކޮށްފިނަމަ އަންނަ އޮތް ޖީލުތަކަށާއި ދަރީންނަށް ރާއްޖޭގައި ހަމަޖެހި އުޅެވޭނެ ގޮތްތަކެއް އޮތް ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

"ރަށެއްގައި އޮންނަ ފުރެއްދި އޮނޑި އެހެލާން އެ ރަށުގެ ހުރިހާ ރައްޔިތުން ވަލުގައި ހިފާ ގާތްގަނޑަކަށް. މި ގާނޫނު އަސާސީ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވަލުގައި ހިފައިގެން ހެދިފައި އޮތް ގާނޫނު އަސާސީ އެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އަށް އަވަސް، އިސްލާހުތަކެއް ގެނައުމަކީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ގާނޫނުއަސާސީ އަށް އިސްލާހު ނުގެނެސް، އެ ހިންގުމުގެ ތެރޭގައި އޭތި ފުރިހަމަ ކުރަމުން އަންނަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *