އިހަވަންދޫ "ތަހުތު" ބޯޓުގެ އިތުރު ދެ ފަޅުވެރިން ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫ ---

ހއ. އިހަވަންދޫ އިން ކޮވިޑް19 އަށް ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ބައްޔަށް އިހަވަންދޫ އިން ޕޮޒިޓިވްވެފައި ވަނީ "ތަހުތު ބޯޓު"ގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ ދެ ބިދޭސީން ކަމަށެވެ.

"ތަހުތު" ބޯޓުން މީގެކުރިންވެސް ވަނީ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

މާލެ ދަތުރުކުރާ ބޯޓު ފަހަރުތަކުގެ ފަޅުވެރިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާތީ އެކަމަށް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެއްވެސް ބޯޓަކުން ފަޅުވެރިން މާލެ ނުފޭބުމަށް ވަނީ އަންގާފައެވެ.

އަތޮޅުތެރެއިން މާލެ އަންނަ އުޅަނދަކުން ގަވާއިދާ ޚިލާފަށް މީހަކު މާލެ ފައިބައިފިނަމަ އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެ ގޮތް ހަދައި، އުސޫލެއް އެކުލަވާލަން ސަރުކާރުން ވަނީ ނިންމާފައެވެ.

އެ އުސޫލުގެ ދަށުން ގަވާއިދާ ހިލާފަށް ބަނދަރު ކުރާ އުޅަނދުގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގަވައިދާ ހިލާފަށް ބަނދަރުކުރާ ދޯނިން މީހަކު މާލެ ފޭބިނަމަވެސް އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *