ފިއްލަދޫ އިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފިއްލަދޫ ---

ހއ. ފިއްލަދޫ އިން ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހަކު ހިމެނޭ ކަމަށެވެ. އެމީހުންނަކީ ފިއްލަދުއާއި މާލެ އާއި ދެމެދު ދަތުރުކުރާ "ބީއެމްއެމްއޭ އެކްސްޕްރެސް" ބޯޓުން ތިން ފަޅުވެރިންނެވެ.

އެމީހުންނަކީ "ސަވާރީ" ބޯޓުން ޕޮޒިޓިވްވި މީހުންނާއި ބައްދަލުވެފައިވާ މީހުން ކަމަށްވެއެވެ.

މާލެ ދަތުރުކުރާ ބޯޓު ފަހަރުތަކުގެ ފަޅުވެރިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާތީ އެކަމަށް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެއްވެސް ބޯޓަކުން ފަޅުވެރިން މާލެ ނުފޭބުމަށް ވަނީ އަންގާފައެވެ.

އަތޮޅުތެރެއިން މާލެ އަންނަ އުޅަނދަކުން ގަވާއިދާ ޚިލާފަށް މީހަކު މާލެ ފައިބައިފިނަމަ އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެ ގޮތް ހަދައި، އުސޫލެއް އެކުލަވާލަން ސަރުކާރުން ވަނީ ނިންމާފައެވެ.

އެ އުސޫލުގެ ދަށުން ގަވާއިދާ ހިލާފަށް ބަނދަރު ކުރާ އުޅަނދުގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގަވައިދާ ހިލާފަށް ބަނދަރުކުރާ ދޯނިން މީހަކު މާލެ ފޭބިނަމަވެސް އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *