ކުރިން ތިބި ހާލަތަށް ދާން ވަގުތު ނަގާނެ: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ / ހަތާވީސް އޮންލައިން

ދިވެހިން މީގެކުރިން ތިބި ހާލަތަށް ދިއުމަށް ވަގުތު ނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުރިޔަށް އޮތް ހައެއް ނުވަތަ އަށެއްކަ މަހަކީ ރާއްޖެއަށް ދަތި މަސްތަކަކަށް ވެގެން ދާނެ ކަމަށެވެ. ކުރިން ތިބި ހާލަތަށް ދިއުމަށް އަހަރެއް ދޮޅު އަހަރެއް ނަގާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 2019ގައި ތިބި ހިސާބަށް ދެވޭނީ 2022ގެ ނިޔަލަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ކޮވިޑް ނެތް އިރު ޖީޑީޕީ 7.5 ޕަސެންޓް ކުރި އަރާނެ ކަމަށް ބެލީ. މިހާރު އަންދާޒާ ކުރަނީ 11 އަށް ދާނެ ކަމަށް އެއީ ވަރަށް ބޮޑު ދަށްވުމެއް،" ޖީޑީޕީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 އަކީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން ކަމަށާއި ރާއްޖޭގެ އިގްތިސޯޯދަށް ވަންނަ ފައިސާގެ ބޮޑުބައި ވައްދަނީ ޓޫރިޒަމުން ކަމަށްވެފައި ކޮވިޑާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި، އެ ބޯޑަރުތަކުން ފުރައިގެން ފަތުރުވެރިން ނާންނާތީ ރާއްޖޭގެ އިގްތިސޯދު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އިގްތިސޯޯދަށް ވަންނަ ފައިސާގެ ބޮޑުބަޔެއް ޓޫރިޒަމްއިން ވަންނަ އިރު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި، އެ ބޯޑަރުތަކުން ފުރައިގެން ފަތުރުވެރިން ނާންނާތީ އިގްތިސޯދު މިއޮތީ ހުއްޓިފައި. މުޅިން ކަހަލަ ގޮތަކަށް ބަރޯސާވެފައި އޮތީ ޓޫރިޒަމަށް،" ފައްޔާޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *