ކޮވިޑް ޖެހިގެން އެޑްމިޓުކުރި މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް އަރައިފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބައްޔަށް އެޑްމިޓު ކޮށްގެން 110 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެޗްޕީއޭ އިން ބމިރޭ ބުނީ ރާއްޖެއިން މިއަދު އެކަނިވެސް 148 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 117 ދިވެހިންނާއި ބަންގްލަދޭޝް 22 މީހަކާއި އިންޑިއާ 7 މީހެއް ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. މީގެއިތުރުން ނޭޕާލާއި ސީޝެލްސް މީހެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 148 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 146 މީހެކެވެ. ދެން ތިބި މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގެ ދެ ރަށަކުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއި އެކުގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 4،594 އަރާފައެވެ.

މީގެކުރިން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން މިބަލި ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މީގެކުރިން ބިދޭސީން މި ބައްޔަށް ގިނައިން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *