ޖަޕާނުން ރާއްޖެއަށް 24 ސްކޮލާޝިޕް ދިނުމުގެ އެއްބަސްވެއްޖެ

ޖަޕާނު ސަރުކާރުން ރާއްޖެއަށް 24 ސްކޮލާޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ޖަޕާނު ސަރުކާރުން ރާއްޖެއަށް 24 ސްކޮލާޝިޕް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެއްބަސްވުމުގެ ދަށުން ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި ހަ ދަރިވަރަކަށް މަތީ ތައުލީމް ހާސިލްކުރުމަށް ޖަޕާނަށް ދިޔުމަށް ފުރުސަތު ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުން ސަރުކާރުން ވެދެއްވި މި އެހީތެރިކަމަށް އެ ގައުމުގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ޖަޕާނަކީ އިޖުތިމާއީ، ތައުލީމީ އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެ އަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *